އަތޮޅުތަކުން މާލެއަށް 1،530 ދަރިވަރުން ބަދަލުވެއްޖެ

އަވަސް

21 ޖެނުއަރީ 2026 | ބުދަ | 2:30

އަތޮޅު ތެރޭގެ ސްކޫލުތަކުން މާލޭގެ ސްކޫލުތަކުގައި ކިޔެވުމަށް މިއަހަރު 1،530 ދަރިވަރުން މާލެއަށް ބަދަލުވެއްޖެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރު މާލޭގެ ސްކޫލުތަކުގެ ގުރެޑް 1 އަށް ވަނުމަށް 1،748 ދަރިވަރަކަށް ފުރުސަތު ދީފައިވެ އެވެ. އަތޮޅު ތެރޭގެ ސްކޫލުތަކުގައި މިއަހަރު ގުރޭޑް 1 އަށް 3،042 ދަރިވަރުން ވަދެފައިވެ އެވެ. މީގެއިތުރުން މާލޭގެ ހުޅުމާލޭގެ ސްކޫލްތަކަށް 836 ދަރިވަރަކު މިއަހަރު ބަދަލުވާން އެދިފައިވެ އެވެ. މާލެ ސަރަހައްދުގައި ހިމެނޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިއަހަރުގެ ދިރާސީ އާ އަހަރަށް މުޅިން އަލަށް ޝަހީދު އަލީ ސްކޫލުގެ ނަމުގައި އިތުރު ސްކޫލެއް ހުޅުވާނެ އެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން މިއަހަރު ފަށާނީ ޖެނުއަރީ 27 ގައެވެ.

މައުޟޫޢުތަށް