ރޯދަމަހާ ދިމާކޮށް މާލޭގައި ވަގުތީ މާރުކޭޓެއް

އަވަސް

22 ޖެނުއަރީ 2026 | ބުރާސްފަތި | 9:38

ރޯދަމަހާ ދިމާކޮށް މާލޭގައި ވަގުތީ މާރުކޭޓެއް ތަރައްގީކުރަން ނިންމައިފި އެވެ.

އެގްރިކަލްޗާ މިނިސްޓްރީން ބުނީ ރޯދަ މަހަށް ހާއްސަކޮށް ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ވިއްކުމަށް ވަގުތީ މާރުކޭޓެއް ގާއިމްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މާލެ ނޯތު ހާބަރު ސަރަހައްދުގައި ތަރައްގީކުރާ މި މާރުކޭޓުގައި ތަކެތި ވިއްކަން އެދޭ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. މިމާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކުން، ރަށު ކައުންސިލްތައް މެދުވެރިކޮށް އެގްރިކަލްޗާ މިނިސްޓްރީއަށް ހުށަހެޅުމަށް އެ މިނިސްޓްރީން ވަނީ އެދިފަ އެވެ. އެގްރިކަލްޗާ މިނިސްޓްރީން އާންމުކުރި އުސޫލުގައިވާ ގޮތުން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި މާރުކޭޓަށް މުދާ ވެއްދޭނެ އެވެ. ރާއްޖޭގެ ރަށްރަށުގައި އުފައްދާފައިވާ ރޯ މޭވާއާއި ތަރުކާރީ ފިޔަވާ އިތުރު ތަކެތި މި މާރުކޭޓުގައި ވިއްކުމަކީ މަނާކަމެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. އުސޫލުގައިވާ ގޮތުން މާރުކޭޓު މާޗު މަހުގެ 26 ވަނަ ދުވަހަށް ރޯދަމަސް ނިމުމާއެކު މާރުކޭޓު ހުސްކުރަން ޖެހެ އެވެ.

މައުޟޫޢުތަށް