ސްޓެލްކޯއިން ކ. ގުރައިދޫއަށް ގެންދިޔަ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށްފި

އަވަސް

22 ޖެނުއަރީ 2026 | ބުރާސްފަތި | 9:46

ސްޓެލްކޯއިން ކ. ގުރައިދޫއަށް ގެންދިޔަ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

ސްޓެލްކޯ އިން ބުނީ މި އަހަރުގެ ޕީކް ސީޒަނަށާއި ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ކ. ގުރައިދޫއަށް ގެންދިޔަ 1،000 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް މިހާރު ހިދުމަތް ދޭން ފަށާފައިވާ ކަމަށެވެ. މި އާ ޖަނަރޭޓަރު ސެޓާއެކު ގުރައިދޫގެ ކަރަންޓް އުފެއްދުމުގެ ކެޕޭސިޓީ 2،960 ކިލޯވޮޓަށް އިތުރު ކުރެވިފައިވާކަން ސްޓެލްކޯ އިން ފާހަގަކުރެ އެވެ. ކުރިއަށް އޮތް ޕީކް ސީޒަނަށާއި ރޯދަ މަހަށް ތައްޔާރުވުމަށް ރަށްރަށަށް ޖަނަރޭޓަރު ސެޓް ފޮނުވައި ކޮމިޝަން ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ދަނީ ކުރަމުންނެވެ.

މައުޟޫޢުތަށް