މޯލްޑިވިއަންއަށް ޕައިލެޓުން ހޯދަނީ

އަވަސް

22 ޖެނުއަރީ 2026 | ބުރާސްފަތި | 10:06

ގައުމީ އެއާލައިން މޯލްޑިވިއަންއަށް ޕައިލެޓުން ހޯދަން އިއުލާނުކޮށްފި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް އިން ވަނީ ޑީއެޗްސީ-6 އަށް ކެޕްޓަނުންނާއި ފަސްޓް އޮފިސަރުން ހޯދަން އިއުލާނުކޮށްފަ އެވެ. ޑީއެޗްސީ-6 ގެ ކެޕްޓަންގެ މަގާމު ޝަރުތުތަކުގެ ތެރޭގައި މަދުވެގެން 5،000 ގަޑިއިރުގެ ތަޖުރިބާ ލިބިފައިވުމާއެކު ޑީއެޗްސީ-6 މަރުކާގެ ފްލައިޓުން މަދުވެގެން 4،000 ގަޑިއިރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ. މީގެ އިތުރުން ޑީއެޗްސީ-6 ފްލައިޓްގެ ކޮމާންޑްގެ ގޮތުގައި މަދުވެގެން 2،500 ގަޑިއިރުގެ ތަޖުރިބާ ލިބިފައިވުންވެސް ހިމެނެ އެވެ. ޑީއެޗްސީ-6 ފަސްޓް އޮފިސަރުގެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި މަދުވެގެން 1،000 ގަޑިއިރުގެ ތަޖުރިބާއާއެކު ޑީއެޗްސީ-6 މަރުކާގެ ފްލައިޓުން މަދުވެގެން 750 ގަޑިއިރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ. މި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

މައުޟޫޢުތަށް