އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ރޯދަ ސޭލް ފަށައިފި

އަވަސް

22 ޖެނުއަރީ 2026 | ބުރާސްފަތި | 10:36

ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ވަރަށް ހާއްސަ ރޯދަ ސޭލެއް ފަށައިފި އެވެ.

ވެލިގާ ހާޑްވެއާ ގުޅިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަން ރަސްމީކޮށް ފެށީ އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް ޝޯ ރޫމްގައި ރޭ ބޭއްވި ހަފުލާއެއްގަ އެވެ. މި ހަފްލާ ޝަރަފުވެރިކޮށް ދެއްވީ ވެލިގާގެ ޑިރެކްޓާ ޒައިދު މުހައްމަދެވެ. މި ހަފުލާގައި އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ ޑިރެކްޓާ މުހައްމަދު އީމާންގެ އިތުރުން ސިންގަޕޫރުން ރާއްޖެ ވަޑައިގެންނެވި ނިޕޯން ޕެއިންޓުގެ ޑެލިގޭޓުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މި އަހަރުގެ ރޯދަ ސޭލްގައި އެސްޓީއޯ ކޮންސްޓްރަކްޝަންސް އިން ވިއްކާ ޕްރޮޑަކްޓްތަކުގެ ތެރެއިން ނިޕޯން ޕެއިންޓް އަދި މަކިޓާ ބްރޭންޑްގެ ޕްރޮޑަކްޓްތަކުން ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފަ އެވެ.

އެގޮތުން ނިޕޯން ޕެއިންޓުގެ ހޮވާލެވިފައިވާ ޕްރޮޑަކްޓްތަކަކުން 50 ޕަސެންޓާ ހަަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށާއި މަކިޓާގެ ބައެއް ޓޫލްސްތަކުން 70 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. މި ޕްރޮމޯޝަން ކުރިއަށް ދަނީ ވެލިގާ ހާޑްވެއާ އާއި ވެސް ގުޅިގެންކަމުން ވެލިގާ ހާޑްވެއާ އިން ވިއްކާ ނިޕޯން ޕެއިންޓްގެ ޕްރޮޑަކްޓްކަތުންވެސް ޑިސްކައުންޓް ލިބިގެންދާނެ އެވެ. މީގެ އިތުރުން މި ޕްރޮޑަކްޓްތަކުން ކުރާ ވިޔަފާރިތަކުން ކޮންމެ 500 ރުފިޔާއަކަށް ކޫޕަނެއް ލިބޭއިރު ކޫޕަންތަކުން ނެގޭ ލަކީ ޑްރޯއަކުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ބޮޑެތި އިނާމުތަކެއް ވަނީ ހުށަހެޅިފަ އެވެ. އެގޮތުން، 1 ވަނައަށް ހޮވޭ ފަރާތަކަށް 50،000ރ ގެ ވައުޗަރެއް ލިބޭއިރު 2 ވަނައަށް ހޮވޭ ފަރާތަކަށް 20،000ރ ގެ ވައުޗަރެއް އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް، ސްޓޯން ހޮޓެލްގައި 2 ބޭފުޅަކަށް 2 ދުވަހުގެ ހުރުން ހަމަޖެހިގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެފައިވެ އެވެ.

މައުޟޫޢުތަށް