އެމްޕީއެލް މުވައްޒަފުގެ އާއިލާއަށް ރައީސްގެ ތައުޒިޔާ
އަވަސް
22 ޖެނުއަރީ 2026 | ބުރާސްފަތި | 3:09
މާލެ ވިޔަފާރި ބަނދަރުގެ ސަރަހައްދުގައި ހުއްޓާ މިއަދު ނިޔާވި އެމްޕީއެލް މުވައްޒަފުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
ނިޔާވީ ގއ. ދެއްވަދޫ، އަމީން އަބްދުލް ހަމީދު (30އ) އެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ އެމްޕީއެލްގެ ޒުވާން މުވައްޒަފަކު ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ނިޔާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، މަރްޙޫމްގެ އާއިލާއަށާއި އެމްޕީއެލްގެ މުވައްޒަފުންނަށް ތައުޒިޔާ ދަންނަވާފަ އެވެ. ފުލުހުން ބުނި ގޮތުގައި އެމްޕީއެލްގެ ފަޅު ތެރޭގައި އޮތް ދެ ޓަގު ބޯޓު ދޭތެރެއަށް އެ ޒުވާނާ ވެއްޓުނުކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10:46 ހާއިރު އެވެ. އެ ޒުވާނާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.