ރޯދަމަހު ސްކޫލުތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފުތާގައި އެކަނި
އަވަސް
22 ޖެނުއަރީ 2026 | ބުރާސްފަތި | 5:39
މި އަހަރުގެ ރޯދަމަހު ސްކޫލްތަކުގައި ކިޔެވުން އޮންނާނީ ފުރަތަމަ ހަފުތާގައި އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފި އެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން ދިރާސީ އާ އަހަރު ފެށޭނީ މިމަހުގެ 27 ވަނަ ދުވަހު އެވެ ކަލަންޑަރުގައިވާ ގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ފެބްރުއަރީ 18 ވަނަ ދުވަހެވެ. ފެބްރުއަރީ 26 ވަނަ ދުވަހުގެ ނިޔަލަށް ސްކޫލުތަކުގައި ކިޔެވުން އޮންނައިރު މާޗް 1 އިން 8 އަކީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ދުވަސްތަކުގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. ރޯދަމަހުގެ ފަހު 10 ވަނީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފަ އެވެ. އީދު ބަންދަށްފަހު ސްކޫލުތަކުގެ ކިޔެވުން ފެށޭނީ މާޗް 23 ގައި ކަމަށް ކަލަންޑަރުގައި ވަނީ ކަނޑައަޅާފަ އެވެ.