"އެކްރޮސް މޯލްޑިވްސް" އިން ކުރާ ޑައިވްގައި އުރީދޫއިން ބައިވެރިވެއްޖެ
އަވަސް
22 ޖެނުއަރީ 2026 | ބުރާސްފަތި | 6:12
ރާއްޖޭގެ ކަނޑުތަކާ މެދު ހޭލުންތެރިކަން އުފެއްދުމުގެ މަގުސަދުގައި "އެކްރޮސް މޯލްޑިވްސް" އިން ކުރާ ޑައިވްގައި އުރީދޫއިން ބައިވެރިވެއްޖެ އެވެ.
މި ހަރަކާތުގައި 460 ކިލޯމީޓަރަށްވުރެ ދިގު ރާސްތާއެއް ކަނޑުއަޑިން ކަޑަތުކުރާނެ އެވެ. އަދި 90 ގަޑިއިރަށްވުރެ ގިނަ ވަގުތު ކަނޑު އަޑީގައި ހޭދަކުރާނެ އެވެ. މި ހަރަކާތުގެ މަގުސަދަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމާއި ކަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމަށް އާންމުން ހޭލުންތެރިކުރުވުމެވެ. އުރީދޫ މޯލްޑިވްސް އިން ބުނީ ކަނޑުތައް ހިމާޔަތް ކުރުމަށް އާންމުން ހޭލުންތެރި ކުރުވުމުގެ ގޮތުން ދުނިޔޭގެ ރެކޯޑް މުގުރާލުމަށް "އެކްރޮސް މޯލްޑިވްސް" ގެ ޑައިވްގައި ބައިވެރިވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އުރީދޫ މޯލްޑިވްސް އިން ބުނީ މި ހަރަކާތުގެ ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ އިން މި އެކްސްޕެޑިޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އެ ގޮތުން ޑިޖިޓަލް ކަނެކްޓިވިޓީގެ ޒަރިއްޔާއިން ރާއްޖޭގެ ކަނޑުތަކުގެ ވާހަކަ މުޅި ދުނިޔެއާ ހިއްސާ ކުރެވިގެންދާނެ ކަމަށް އުރީދޫ އިން ވަނީ ބުނެފަ އެވެ. މި ޕާޓްނާޝިޕްގެ ސަބަބުން އުރީދޫ މޯލްޑިވްސްއިން ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައުގައި ކުރިއަށްދާ އިނޮވެޓިވް މަސައްކަތްތައް ކުރިއެރުވުމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދެ އެވެ. އުރީދޫއިން ދަނީ ޓެކްނޮލޮޖީ އާއި މުޖުތަމައަށް ފައިދާ ކުރަނިވި ކަންކަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރަނގަޅު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. މި ޑައިވް އެކްސިޝަންގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލެއްގެ އިތުރުން ކަނޑުތައް ހިމާޔަތްކުރުމުގައި ބައިނަލްއަޤްވާމީ ޗެމްޕިއަން ޤައުމަކަށްވެގެންދާނެ ކަމަށް ބެލެވޭ ކަމަށް އުރީދޫ އިން ބުނެފައިވެ އެވެ.