2025ގައި ވީއައިއޭ އިން 8 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފި
އަވަސް
23 ޖެނުއަރީ 2026 | ހުކުރު | 7:52
މިދިޔަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން 8.2 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފި އެވެ.
ވީއައިއޭ އިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރާއި އަޅާބަލާއިރު މިދިޔަ އަހަރު ހިދުމަތް ދިން ފަސިންޖަރުންގެ އަދަދު ވަނީ ހަތް ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރު ވީއައިއޭގެ އިންޓަނޭޝަނަލް ޓާމިނަލުން 5.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފައިވެ އެވެ. މީގެ އިތުރުން ސީޕްލޭން ޓާމިނަލުން 1.7 މިލިއަން ފަސިންޖަރުން އަދި ޑޮމެސްޓިކް ޓާމިނަލުން 1.1 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދީފައިވެ އެވެ. މިދިޔަ އަހަރު ވީއައިއޭގައި 249.214 އެއާ ޓްރެފިކް މޫވްމެންޓް ރެކޯޑް ކުރެވިފައިވެ އެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 8 ޕަސެންޓް އިތުރު އަދަދެކެވެ. މީގެ ތެރޭގައި 34،868 އިންޓަނޭޝަނަލް މޫވްމެންޓާއި 185،998 ސީޕްލޭން މޫވްމެންޓް އަދި 28،348 ޑޮމެސްޓިކް މޫވްމެންޓް ހިމެނެ އެވެ.