ދެކުނުގެ ހަތަރު އަތޮޅު ގުޅައިދޭ ދަތުރުތަކެއް މޯލްޑިވިއަނުން ފަށަނީ
އަވަސް
23 ޖެނުއަރީ 2026 | ހުކުރު | 7:55
ރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅު ދަތުރުފަތުރުން ގުޅައިދޭ ދަތުރުތަކެއް ފެށުމަށް ގައުމީ އެއާލައިން -- މޯލްޑިވިއަނުން ތައްޔާރުވެއްޖެ އެވެ.
"ދެކުނު ގުޅުން" ގެ ނަމުގައި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފަށާ މި ދަތުރުތަކުގައި އެއްކޮޅު ޓިކެޓް އަގު ފެށެނީ 500 ރުފިޔާއިންނެވެ. އެ ގޮތުން މި ދަތުރުތަކުގައި އައްޑޫ-ފުވައްމުލައް އެއްކޮޅު ޓިކެޓްގެ އަގު ފެށެނީ 500 ރުފިޔާއަށެވެ.
މި ދަތުރުތަކުގައި ފުވައްމުލައް-ކާޑެއްދޫ އަދި ފުވައްމުލައް-ކޫއްޑޫ ދަތުރުތަކުގެ އެއްކޮޅު ޓިކެޓް ފެށެނީ 650 ރުފިޔާއަށެވެ. މީގެ އިތުރުން ގަން-ކާޑެއްދޫ އަދި ގަން-ކޫއްޑޫ ދަތުރުތަކުގެ އެއްކޮޅު ޓިކެޓް ފެށެނީ 900 ރުފިޔާއަށެވެ.