އަމާން ދޯދި ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް

އަވަސް

23 ޖެނުއަރީ 2026 | ހުކުރު | 5:14

ހުޅުމާލެ ދެވަނަ ފިޔަވަހީގެ އަމާން ދޯދި ޓަވަރެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އަލިފާނުގެ ހާދިސާ ހިނގީ އަމާން ދޯދި ޓަވަރެއްގެ ތިރީގައި ހުރި ކުނިތަކެއްގަ އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި މި ހާދިސާގެ ރިޕޯޓް ފަޔާ އެންޑް ރެސްކިޔުއަށް ލިބުނީ މިއަދު މެންދުރުފަހު 1:11 ހާއިރު އެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ. މިގޮތުން، ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ މިއަދު 1:28 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މައުޟޫޢުތަށް