ރޯދަ ހަދިޔާ ބެހުން ފަސޭހަކުރުމުގެ އިންތިޒާމު އެޗްޑީސީން ހަމަޖައްސަނީ
އަވަސް
23 ޖެނުއަރީ 2026 | ހުކުރު | 8:20
ކުރިއަށް އޮތް ރޯދަމަހު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭން ނިންމާފައިވާ މަސްދަޅު ކޭސް ބެހުން ފަސޭހަކުރުމުގެ އިންތިޒާމުތައް ހުޅުމާލޭގައި ހަމަޖެއްސުމުގެ މަސައްކަތް އެޗްޑީސީން ކުރަން ފަށައިފި އެވެ.
ރޯދަ ހަދިޔާގެ ގޮތުގައި ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ބެހުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. މަސްދަޅު ކޭސް މާދަމާ ރޭ ބަހަން ފަށާއިރު އެޗްޑީސީ އިން ބުނީ ރޯދަ ހަދިޔާ ބެހުމަށް އެއްބާރުލުންދީ ހުޅުމާލޭގައި ހަދިޔާ ބެހުމަށް ފަސޭހަވާނޭހެން އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ މަސައްކަތް އެ ކޯޕަރޭޝަންގެ ޓީމުން ކުރަމުންދާ ކަމަށެވެ.
މި އަހަރުގެ ރޯދަމަހު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ 56،918 ގޭބިސީ އާއި މާލެ ސަރަހައްދުގެ 61،755 ގޭބިސީ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. ރޯދަ ހަދިޔާ ބެހުން ފަސޭހަ ކުރުމުގެ ގޮތުން ޕޯޓަލް މެދުވެރިކޮށް ނަންބަރު ނެގޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.