ޝަހީދު އަލީ ސްކޫލަށް ކަރަންޓު ފޯރުކޮށްދޭން ސްޓެލްކޯއިން ކުރި މަސައްކަތްތައް ނިންމާލައިފި

އަވަސް

24 ޖެނުއަރީ 2026 | ހޮނިހިރު | 7:19

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ޝަހީދު އަލީ ސްކޫލަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ސްޓެލްކޯ އިން ކުރިއަށްގެންދިޔަ މަސައްކަތްތައް ނިންމާލައިފި އެވެ.

މި މަސައްކަތުގެ ދަށުން ސްޓެލްކޯއިން ވަނީ މެއިން ޕެނަލްތަކަށް ކޭބަލް އަޅައި ކަނެކްޝަންތައް ހަދައި ޓެސްޓުކޮށްފަ އެވެ. މީގެ އިތުރުން ޕެނަލްތަކުން ފެށިގެން ކުލާސްރޫމްތަކަށް ކަރަންޓް ދިނުމަށް ބަހައްޓާފައިވާ ޑިސްޓްރިބިއުޝަން ބޯޑްތައް ޓެސްޓްކޮށް ކަރަންޓް ވަޔަރިންގެ ސަލާމަތްތެރިކަން ޔަގީން ކުރަން ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތްތަކެއް ފުރިހަމަކޮށްފައިވާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ.

މި ސްކޫލަކީ 1،500 ކުދިންގެ ޖާގައިގެ ސްކޫލެކެވެ. މިއީ އޭސީކޮށްފައިވާ 54 ކްލާސްރޫމާއެކު އިމާރާތްކޮށްފައިވާ ސްކޫލެކެވެ. ދިރާސީ އާ އަހަރާއެކު މި ސްކޫލުގެ ކިޔެވުން ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

މައުޟޫޢުތަށް