50 އެއާލައިނުން މިހާރު ރާއްޖެއަށް ދަތުރުކުރޭ

އަވަސް

24 ޖެނުއަރީ 2026 | ހޮނިހިރު | 10:58

ރާއްޖެއަށް މިހާރު 50 އެއާލައިނުން ދަތުރުކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިހާރު 21 މަންޒިލަކުން ރާއްޖެއަށް ދަތުރުތައް ކުރެ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 149،447 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ސްރީލަންކަން އެއާލައިންސް އާއި އެއިރޯފްލޯޓް އަދި ސިންގަޕޯ އެއާލައިނުންނެވެ.

ފަތުރުވެރިންގެ ތެރެއިން 144،226 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. މާފަރު އެއާޕޯޓުން 540 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއިރު ގަން އެއާޕޯޓުން 445 ފަތުރުވެރިން އަދި ހަނިމާދޫ އެއާޕޯޓުން 428 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. މީގެ އިތުރުން މާމިގިލި އެއާޕޯޓުން 288 ފަތުރުވެރިން އަދި ދާލު އެއާޕޯޓުން 183 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މައުޟޫޢުތަށް