މަތިވެރިއަށް ގެންދިޔަ އާ ޖަނަރޭޓަރު ސެޓް ބޭނުންކުރަން ފަށައިފި

އަވަސް

24 ޖެނުއަރީ 2026 | ހޮނިހިރު | 11:16

ސްޓެލްކޯ އިން އއ. މަތިވެރިއަށް ގެންދިޔަ އާ ޖަނަރޭޓަރު ސެޓް ބޭނުންކުރަން ފަށައިފި އެވެ.

ސްޓެލްކޯ އިން އަތޮޅުތެރޭ ރަށްތަކުގައި ދެމުންގެންދާ ކަރަންޓުގެ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށާއި ޕީކް ސީޒަނާއި ރޯދަ މަހަށް ތައްޔާރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އއ. މަތިވެރިއަށް ގެންދިޔައީ 600 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ސެޓެކެވެ. މި އާ ޖަނަރޭޓަރު ސެޓާއެކު މަތިވެރީގެ ކަރަންޓު އުފެއްދުމުގެ ކެޕޭސިޓީ ވަނީ 1،650 ކިލޯވޮޓަށް އިތުރުކުރެވިފައިވާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. ކުރިއަށް އޮތް ޕީކް ސީޒަނަށާއި ރޯދަ މަހަށް ތައްޔާރުވުމަށް ރަށްރަށަށް ޖަނަރޭޓަރު ސެޓް ފޮނުވައި ކޮމިޝަން ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ދަނީ ކުރަމުންނެވެ.

މައުޟޫޢުތަށް