މަސްދަޅު ކޭސް މިރޭ ބަހަން ފަށަނީ

އަވަސް

24 ޖެނުއަރީ 2026 | ހޮނިހިރު | 1:11

ކުރިއަށް ރޯދަ މަހު ސަރުކާރުން ރޯދަ ހަދިޔާގެ ގޮތުގައި ދޭން ނިންމާފައިވާ މަސްދަޅު ކޭސް މިރޭ ބަހަން ފަށާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން ބުނެފި އެވެ.

މާލޭ ސަރަޙައްދުގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ މިރޭ 8:30 އިން ފެށިގެން 11:00 އާ ހަމައަށެވެ. މި އަހަރުގެ ރޯދަމަހު ޖުމްލަ 118،673 ގޭބިސީއަށް މަސްދަޅު ކޭސް ދޫކުރާނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވަނީ ވިދާޅުވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އަތޮޅުތަކުގެ 56،918 ގޭބިސީ އާއި މާލެ ސަރަހައްދުގެ 61،755 ގޭބިސީ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

ވިލިމާލޭގައި މަސްދަޅު ކޭސް ދޫކުރާނީ ވެމްކޯ ސައިޓުންނެވެ.

މައުޟޫޢުތަށް