"އުތުރަށް ދިރުން" ގެނެސްދިނުމަށް ހުޅުމާލެ އުތުރު ދާއިރާއަށް ޒާޔާ
އަވަސް
24 ޖެނުއަރީ 2026 | ހޮނިހިރު | 4:41
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ކަމަށް ފާތިމަތު ޒަހިއްޔާ (ޒާޔާ) ވާދަ ކުރައްވަނީ "އުތުރަށް ދިރުން" ގެނެސްދިނުމަށެވެ.
އެމްޑީޕީން ބާއްވާ ހަރަކާތްތަކުގެ ކުރީ ސަފުން ފެންނަ ޒާޔާއަކީ އެ ޕާޓީގެ ގައުމީ މަޖިލީހުގެވެސް މެންބަރެކެވެ. އެ ގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު އިދިކޮޅު އެމްޑީޕީން ބޭއްވި މުޒާހަރާގެ ކުރީ ސަފުން ޒާޔާ ފެނިގެންދިޔަ އެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވާ ޒާޔާ ވިދާޅުވީ އެ މައްސަލަތަކަށް ވަށާޖެހޭ ހައްލެއް ބޭނުންވާ ކަމަށެވެ. އެކަމަށް ބޭނުން ވަނީ ދާއިރާގެ ހައްގުގައި ކުރެވޭ މެދުކެނޑުމެއްނެތް ވަކާލާތެއް ކަމަށްވެސް ޒާޔާ ވިދާޅުވި އެވެ.
ޒާރާ ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބުގައި ވާދަކުރައްވަނީ ދާއިރާ އިސްކޮށް، ގައުމު މިއޮތް ހާލަތުން އަރައިގަތުމަށް އެމްޑީޕީ އަލުން ރުކުރަވާލުމުގެ ބުރަ އަދި ހިތްވަރުގަދަ މަސައްކަތުގައި އެއްބާރުލުން ދިނުމުގެ ޝައުގާއެކު އެވެ. ކައުންސިލް އިންތިހާބުގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ހުޅުމާލެ އުތުރު ދާއިރާއަށް ވާދަކުރައްވާ ޒާޔާ ވަނީ އިތުބާރު ކުރައްވާ ވޯޓު ދެއްވުމަށް އެދިވަޑައިގެންފަ އެވެ.