ފުޓްސަލް ޓީމަށް ރައީސް މަރުހަބާ ދަންނަވައިފި

އަވަސް

24 ޖެނުއަރީ 2026 | ހޮނިހިރު | 5:00

ސާފް ފުޓްސަލްގެ ޗެމްޕިއަންޝިޕްކަން ރާއްޖޭގެ ފުޓްސަލްގެ ގައުމީ ފިރިހެން ޓީމުން ހޯދުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޓީމަށް މަރުހަބާ ދަންނަވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ކުޅިވަރުގެ މައިދާނުގައި ދިވެހި ހިތްވަރުގަދަ ދަރީން ހޯދަމުންދާ ރަންވަނަތައް އިތުރުވުމަކީ ގައުމުގެ މުސްތަގުބަލަށް އުޖާލާ ކަމެއް ކަމަށެވެ. "ވަކީން ހާއްސަކޮށް، ކުޅުނު ކޮންމެ މެޗަކުން ވަރަށް ފުރިހަމަ މޮޅަކާއެކު ބައިނަމްއަޤްވާމީ މިފަދަ މުބާރާތެއްގެ އެއްވަނަ ހޯދުމަކީ ތާރީޚީ ފަހުރެއް. މިއީ ޤައުމީ ރޫޙާއި ޢަޒުމުގައި ހިތްވަރުކޮށް ކާމިޔާބު ހޯދުމުގައި ދެވަނައެއް ނެތް ރީތި ނަމޫނާއެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް މުއިއްޒު ވަނީ ގައުމީ ފުޓްސަލް ޓީމުގެ ހުނަރުވެރި ކުޅަދާނަ ކުޅުންތެރީންނަށް އައްސަރިބަހާއި ޝުކުރު ދަންނަވާފަ އެވެ. ސާފް ފުޓްސަލްގެ ކެމްޕިއަންކަން ފިރިހެން ޓީމުން ހޯދީ ބާކީ އެއް މެޗް އޮއްވަ އެވެ. ރާއްޖެއާއެކު ޖުމްލަ ހަތް ގައުމުން ވާދަކުރާ މި މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއިން ހޯދީ މިހާތަނަށް ކުޅުނު ފަސް މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ.

މައުޟޫޢުތަށް