އެޗްޑީސީގެ ނަމުގައި ސްކޭމް މެސެޖާއި ފޯނުކޯލް، ސަމާލުވޭ

އަވަސް

24 ޖެނުއަރީ 2026 | ހޮނިހިރު | 7:50

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ނަމުގައި ބަޔަކު ސްކޭމް ހިންގާތީ ސަމާލުވުމަށް އެ ކޯޕަރޭޝަނުން އިލްތިމާސްކޮށްފި އެވެ.

އެޗްޑީސީ އިން ވަނީ އެ ކޯޕަރޭޝަންގެ ނަމުގައި ވައިބާ، އެސްއެމްއެސް އަދި ފޯނުކޯލުތައް މެދުވެރިކޮށް އޮޅުވާލައިގެން މައުލޫމާތު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. ހައުސިން މަޝްރޫއުތަކާއި ސޯޝަލް ހައުސިން ނުވަތަ ފްލެޓްތަކާ ގުޅޭ އެއްވެސް މުއާމަލާތެއް ކުރުމަށް އެޗްޑީސީން ވައިބާ ނުވަތަ ފޯނު ކޯލެއް މެދުވެރިކޮށް އާންމުންނަށް ނުގުޅާނެކަމުގެ ޔަގީންކަން އެޗްޑީސީން ވަނީ ދީފަ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން މުއައްސަސާތަކާއި އިދާރާތަކުގެ ނަމުގައި ސްކޭމް ހިންގުން އާންމުވެފައިވާތީ އެކަމަށް ސަމާލުވުމަށް އިދާރާތަކުން ތަކުރާރުކޮށް އިލްތިމާސްކުރެ އެވެ.

މައުޟޫޢުތަށް