ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ނިންމާލައިފި

އަވަސް

25 ޖެނުއަރީ 2026 | އާދިއްތަ | 6:48

ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު ނިންމާލައިފި އެވެ.

މި މަޝްރޫއު ނިމިފައިވާކަން އިއުލާނު ކުރެއްވީ އިއްޔެ ބޭއްވި ޕީއެންސީގެ ކެމްޕޭން އިވެންޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ރައީސް މުއިއްޒު ވިދާޅުވީ ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. މީގެ އިތުރުން އުތުރުތިލަފަޅު ހިއްކަން ތައްޔާރުވަމުން އަންނަ ކަމަށާއި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ހުޅުމާލެ ތިން ވަނަ ފިޔަވަހިން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ.

މައުޟޫޢުތަށް