މާރާމާރީ ހިންގި ބިދޭސީންތަކެއް ހައްޔަރުކޮށްފި
އަވަސް
25 ޖެނުއަރީ 2026 | އާދިއްތަ | 7:48
މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރީ ސައިއްތަ ޚާން (21އ) އާއި މޫމިމް މިއާ (35އ) އާއި މުހައްމަދު ހަސަން މިއާ (32އ) އަދި ސޮރިފް މިއަހް (35އ) އެވެ. މި އެންމެންނަކީވެސް ބަންގްލަދޭޝްގެ މީހުންނެވެ. މި މީހުން 10 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަމުރުކޮށްފަ އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އިޖުރާއަތާއި އެއްގޮތަށް ކަމަށް ބަންދު އަމުރުގައި ބުނެފައިވެ އެވެ.