ހިޔާގެ 8 ޓަވަރުގެ ލިފްޓު މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފި

އަވަސް

25 ޖެނުއަރީ 2026 | އާދިއްތަ | 1:48

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ބެހެއްޓުމުގެ މަޝްރޫއުގެ ދަށުން 8 ޓަވަރުގެ ލިފްޓު މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ ހިޔާ ޓަވަރު 1، ޓަވަރު 2، ޓަވަރު 3، ޓަވަރު 4، ޓަވަރު 5، ޓަވަރު 6، ޓަވަރު 7 އަދި ޓަވަރު 8 ގައި ލިފްޓް ހަރުކޮށް ބޭނުންކުރަމުންދާ ކަމަށެވެ. މީގެ އިތުރުން އިތުރު ޓަވަރުތަކެއްގައި ލިފްޓް ޓެސްޓް ކުރަމުންދާއިރު ލިފްޓް ހަރުކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއް ލިބިފައިވާ ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ. ހިޔާ ޓަވަރު 14، ޓަވަރު 15 އަދި ޓަވަރު 16 ގައި ލިފްޓް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ޓަވަރު 9، ޓަވަރު 10، ޓަވަރު 11 އަދި ޓަވަރު 12 ގައި ކުރިއަށް ދަނީ ކްލެޑިން އަދި ފްރޭމް ހަރުކުރުމުގެ މަސައްކަތެެވެ. ހިޔާ ޓަވަރުތަކުގައި ހަރުކުރަނީ ސްޓްރެޗަރު އެރުވޭ ލިފްޓެވެ. މި ލިފްޓްތައް ހަރުކުރަނީ ޗައިނާގެ ޝެންޔަންގް ޔުއާންޑް އިންޓެލެކްޗުއަލް ގުރޫޕާ ހަވާލުކޮށްގެންނެވެ.

މައުޟޫޢުތަށް