ވ. ތިނަދޫއަށް ގެންދިޔަ ޖަނަރޭޓަރު ސެޓް ބޭނުންކުރަން ފަށައިފި

އަވަސް

25 ޖެނުއަރީ 2026 | އާދިއްތަ | 1:54

ސްޓެލްކޯ އިން ވ. ތިނަދޫއަށް ގެންދިޔަ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކޮށް، ރޯދަމަހާއި ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ވ. ތިނަދޫ އިންޖީނުގެއަށް ގެންދިޔައީ 600 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެކެވެ. މި ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް ހިދުމަތް ދޭން ފެށުމާއެކު ވ. ތިނަދޫގެ ޖުމްލަ ޖަނަރޭޝަން ކެޕޭސިޓީ ވަނީ 1،539 ކިލޯވޮޓަށް އިތުރުވެގެން ގޮސްފައިވާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. ކުރިއަށް އޮތް ޕީކް ސީޒަނަށާއި ރޯދަ މަހަށް ތައްޔާރުވުމަށް ރަށްރަށަށް ޖަނަރޭޓަރު ސެޓް ފޮނުވައި ކޮމިޝަން ކުރުމުގެ މަސައްކަތް ސްޓެލްކޯ އިން ދަނީ ކުރަމުންނެވެ.

މައުޟޫޢުތަށް