އެޗްޑީސީގެ މުވައްޒަފުން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރަނީ
އަވަސް
25 ޖެނުއަރީ 2026 | އާދިއްތަ | 4:01
ރާއްޖޭގެ ބްލަޑް ބޭންކުން ވަރަށް ބޮޑަށް ލޭ މަދުވެފައިވާތީ އެޗްޑީސީ މުވައްޒަފުން ބްލަޑް ބޭންކަށް ލޭ ހަދިޔާކުރުމަށް ތައްޔާރުވެއްޖެ އެވެ.
އެޗްޑީސީ އިން ބުނީ އެ ކޯޕަރޭޝަނާއި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ބަލްޑް ބޭންކުން ވަރަށް ބޮޑަށް ލޭ މަދުވެ، ވީހާވެސް އަވަހަކަށް ލޭ ހަދިޔާކުރުމަށް އެމްބީއެސް އިން ކުރި އިއުލާނާ ގުޅިގެން ކުރިއަށްގެންދާ ޑޮނޭޝަން ކޭމްޕެއް ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ. މި ކޭމްޕުގެ މަގްސަދަކީ ބްލަޑް ބޭންކުން މި ދަނޑިވަޅުގައި ލޭ މަދުވެފައިވާތީ، އެކަމަށް ހައްލު ހޯދައިދިނުމަށް އެޗްޑީސީ ސްޓާފުންގެ ފަރާތުން އެހީތެރިވެ ދިނުން ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.