ދެން އެންމެ އަވަހަށް ހިއްކާ ނިމޭނީ ގިރާވަރުފަޅު: ރައީސް
އަވަސް
26 ޖެނުއަރީ 2026 | ހޯމަ | 5:18
ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ތެރެއިން ދެން އެންމެ އަވަހަށް ނިމިގެންދާނީ ގިރާވަރުފަޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކާ ނިމިފައިވާ ފޮޓޯއެއް ހިއްސާ ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ދެން އެންމެ އަވަހަށް ނިންމާނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކަމަށެވެ. ހުޅުމާލެ ތިން ވަނަ ފިޔަވަހިން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާފައިވެ އެވެ. އަދި އެ އެ ސަރަހައްދުން ގޯތި ދޭން ވަނީ ނިންމާފަ އެވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާއިރު އުތުރުތިލަފަޅު ހިއްކުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.