1.8 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކަނީ
އަވަސް
26 ޖެނުއަރީ 2026 | ހޯމަ | 5:48
ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން 1.8 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކަން ހުޅުވާލައިފި އެވެ.
މިއީ މިއަހަރު ވިއްކަން ހުޅުވާލި ދެވަނަ ޓީ-ބިލް އެވެ. ފިނޭންސް މިނިސްޓްރީން މި ފަހަރު ވިއްކަން ހުޅުވާލި ޓީ-ބިލުތަކުގެ ތެރޭގައި ފެބްރުއަރީ 23 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 350 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި މޭ 4ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 31 މިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ. މީގެ އިތުރުން ޖުލައި 27 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 245 މިލިއަން ރުފިޔާގެ ޓީ-ބިލަކާއި އަންނަ އަހަރުގެ ޖެނުއަރީ 25 ވަނަ ދުވަހަށް އަނބުރާ ދެއްކުމަށް ވިއްކާ 1.25 ބިލިއަން ރުފިޔާގެ ޓީ-ބިލެއް ހިމެނެ އެވެ. ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓް އުޅެނީ 3.50 ޕަސެންޓާއި 4.60 ޕަސެންޓާ ދެމެދުގަ އެވެ. ސަރުކާރުން ވިއްކާ ޓީ ބިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކުތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުންނެވެ. މީގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެ އެވެ. ޓީ-ބިލްއަކީ ގަވަރުމަންޓް ސެކިއުރިޓީޒްގެ ތެރޭގައި ހިމެނޭ ކުރު މުއްދަތުގެ ސެކިއުރިޓީޒް އެވެ. ރާއްޖޭގެ ސަރުކާރުން ދޫކުރާ ޓީބިލަކީ ދިވެހި ރުފިޔާ އިން ޑިސްކައުންޓް އަގެއްގައި ވިއްކުމަށް ހުށަހަޅައި މުއްދަތު ހަމަވުމުން ފޭސް ވެލިއު (މޫނުމަތީ އަގު) އަދާކުރާ ގޮތަށް ނަގާ ފައިސާ އެވެ.