ތަޖުރިބާކާރު ފިލްމީ ތަރި ނައީމު ނިޔާވެއްޖެ
އަވަސް
26 ޖެނުއަރީ 2026 | ހޯމަ | 11:15
ފިލްމީ ދާއިރާގައި ގިނަ އަހަރު ތަކަކު މަސައްކަތްކޮށްފައިވާ މުހައްމަދު ނައީމު (ނައިމްބެ) ނިޔާވެއްޖެ އެވެ.
ނައީމު ވަނީ ޓީވީއެމްގެ އުފެއްދުންތަކާއި، އެޓޯލްސް މިނިސްޓްރީގެ ބައެއް އުފެއްދުންތަކާއި އަދި އަމިއްލަ މީހުންގެ ބައެއް އުފެއްދުންތަކުގައި އެކި ރޯލްތައް އަދާކޮށްފަ އެވެ. ނައީމުގެ އެންމެ މަޝްހޫރު ފިލްމުތަކާއި ސީރީޒްތަކުގެ ތެރޭގައި "ޒުލޭހާ" އާއި "ދިރިއުޅުމަކީ މިއީބާ" ހިމެނެ އެވެ. މާލެއަށް ނިސްބަތްވާ ނައީމު ނިޔާވީ އުމުރުން 71 އަހަރުގައި ރޭގެ ވަގުތެއްގައެވެ. ނައީމުގެ މައްޗަށް ކުރާ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އާސަހަރާ މިސްކިތުގައެވެ.