އެޗްޑީސީގެ މުވައްޒަފުންގެ ލޭ ހަދިޔާ ކުރުމުގެ ކޭމްޕް ފަށައިފި

އަވަސް

26 ޖެނުއަރީ 2026 | ހޯމަ | 3:33

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މުވައްޒަފުންގެ ފަރާތުން ބްލަޑް ބޭންކަށް ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ފަށައިފި އެވެ.

މިއަދު ފެށި މި ކޭމްޕަކީ ރާއްޖޭގެ ބްލަޑް ބޭންކުން ވަރަށް ބޮޑަށް ލޭ މަދުވެފައިވާތީ ލޭ ހަދިޔާކުރުމަށް ކުރިއަށްގެންދާ ކޭމްޕެކެވެ. މި ކޭމްޕް ކުރިއަށް ގެންދަނީ އެޗްޑީސީ އާއި މޯލްޑިވިއަން ބްލަޑް ސާވިސް (އެމްބީއެސް) ގުޅިގެންނެވެ. މިއީ ރާއްޖޭގެ ބަލްޑް ބޭންކުން ވަރަށް ބޮޑަށް ލޭ މަދުވެ، ވީހާވެސް އަވަހަކަށް ލޭ ހަދިޔާކުރުމަށް އެމްބީއެސް އިން ކުރި އިއުލާނާ ގުޅިގެން ކުރިއަށްގެންދާ ޑޮނޭޝަން ކޭމްޕެއް ކަމަށް އެޗްޑީސީ އިން ވަނީ ބުނެފަ އެވެ.

މި ކޭމްޕުގެ މަގްސަދަކީ ބްލަޑް ބޭންކުން މި ދަނޑިވަޅުގައި ލޭ މަދުވެފައިވާތީ، އެކަމަށް ހައްލު ހޯދައިދިނުމަށް އެޗްޑީސީ ސްޓާފުންގެ ފަރާތުން އެހީތެރިވެ ދިނުން ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައިވެ އެވެ.

މައުޟޫޢުތަށް