ޝަހީދު އަލީ ސްކޫލުން 1،950 ދަރިވަރުންނަށް ޖާގަ ދީފި
އަވަސް
27 ޖެނުއަރީ 2026 | އަންގާރަ | 4:45
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ޝަހީދު އަލީ ސްކޫލުން 1،950 ދަރިވަރަަށް ޖާގަ ދީފި އެވެ.
މި ސްކޫލު ހުޅުވުމުގެ ތައްޔާރީތައް ބައްލަވާލައްވާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވީ ސްކޫލުގައި ކިޔެވުމަށް 1،950 ދަރިވަރަކަށް ޖާގަ ދީފައިވާ ކަމަށެވެ. ސްކޫލަށް 230 މުވައްޒަފުން ނަގާފައިވާ ކަމަށާއި ދަރިވަރުންނަށް ދަތިތަކެއް ދިމާނުވާނެހެން ތައްޔާރުވެފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. މި ސްކޫލަކީ 1،500 ކުދިންގެ ޖާގައިގެ ސްކޫލެއް ނަމަވެސް ދެ ދަންފަޅިއާއެކު 2،500 ދަރިވަރުންނަށް ކިޔަވައި ދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. މި ސްކޫލުގައި 54 ކްލާސްރޫމާއި ލައިބްރަރީއަކާއި ކޮމްޕިއުޓާ ލެބަކާއި 3 ސައިންސް ލެބް ހިމެނެ އެވެ. މި ސްކޫލު އިމާރާތް ކުރުމުގެ މަސައްކަތް ފެށީ ޑިސެމްބަރު 2023 ގަ އެވެ.