އިންޑިއާގެ އެހީގެ ސަބަބުން ފައިދާކުރޭ: ޚަލީލް
އަވަސް
27 ޖެނުއަރީ 2026 | އަންގާރަ | 5:05
އިންޑިއާގެ އެހީގެ ސަބަބުން ރާއްޖެއަށް ފައިދާކުރާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ 77 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޚަލީލް ވިދާޅުވީ އިންޑިއާއަކީ ރާއްޖެއަށް އަބަދުވެސް އެހީތެރިވެދޭ ގައުމެއް ކަމަށާއި އެ އެހީގެ ސަބަބުން ރާއްޖެއަށް އެތައްގޮތަކުން ފައިދާވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަމަކީ ހަމައެކަނި ތާރީހީ ގުޅުމެއް ނޫންކަމަށާއި މިއީ ދެގައުމުގެ ރައްޔިތުންނަށްވެސް ފައިދާވާނެހެން، ގުޅިގެން މަސައްކަތްކުރުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. އިންޑިއާގެ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ޓީޗަރުން ރާއްޖޭގައި މަސައްކަތްކުރާއިރު އެ މީހުންގެ ފަރާތުން ފެންނަނީ ރާއްޖެއަށް އޮތް ލޯތްބާއި އިހުތިރާމް ކަމަށްވެސް ޚަލީލް ވިދާޅުވި އެވެ. މިނިސްޓަރު ޚަލީލްގެ ވާހަކައިގައި ވަނީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން، އިންޑިއާގެ ރައްޔިތުންނަށް ތަހުނިޔާ ދަންނަވާފަ އެވެ.