ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި

އަވަސް

27 ޖެނުއަރީ 2026 | އަންގާރަ | 8:22

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިއިރު ސަރުކާރުގެ 218 އެއްހާ ސްކޫލުގައި 77،000 އަށްވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރާނެ އެވެ. މީގެ ތެރޭގައި ގްރޭޑް 1 ގައި ކިޔަވާ 4،700 އަށްވުރެ ގިނަ ދަރިވަރުން ހިމެނެ އެވެ. އަތޮޅުތަކުން މި އަހަރު މާލެއަށް 1،530 ދަރިވަރުން ވަނީ ބަދަލުވެފަ އެވެ. ސަރުކާރު ސްކޫލުތަކުގައި 10،500 މުދައްރިސުން ކިޔަވައިދޭއިރު މީގެ ތެރޭގައި ހިމެނެނީ ދިވެހި 8،000 މުދައްރިސުންނާއި 2،500 ބިދޭސީ މުދައްރިސުންނެވެ. މިއަދު ފެށުނު ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

މައުޟޫޢުތަށް