އޯލެވެލް އިމްތިހާނު ފަށައިފި
އަވަސް
28 ޖެނުއަރީ 2026 | ބުދަ | 11:58
މި އަހަރުގެ އޯލެވެލް އިމްތިހާނު ފަށައިފި އެވެ.
އޯލެވެލް އިމްތިހާނު މިއަދު ފަށާފައިވަނީ އެސްއެސްސީ އިމްތިހާނުގެ ދިވެހި މާއްދާއިންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނި ގޮތުގައި އައިޖީސީއީ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުގައި މިއަހަރު 8،218 ދަރިވަރުން ބައިވެރިވެ އެވެ. މާލޭގެ 21 ސެންޓަަރެއްގައި އަދި އަތޮޅުތަކުގެ 246 ސެންޓަރެއްގައި އިމްތިހާނު ކުރިއަށްދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އޯލެވެލް އަދި އެސްއެސްސީ އިމްތިހާނުތައް މާޗް 6 ވަނަ ދުވަހާ ހަމަައަށް ކުރިއަށްދާނެ އެވެ.