ބީއެމްއެލް ކްރެޑިޓް ކާޑު ލިމިޓް 3000 ޑޮލަރަށް ބޮޑުކޮށްފި
އަވަސް
28 ޖެނުއަރީ 2026 | ބުދަ | 1:46
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރުންނަށް ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ކުރާ ވިޔަފާރި މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓް، ކުރިއަށް އޮތް ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިތުރުކުރަން ނިންމައިފި އެވެ.
ބީއެމްއެލް އިން ބުނީ މިބަދަލާއެކު ކްލެސިކް، ގޯލްޑް އަދި ޕްލެޓިނަމް ކްރެޑިޓް ކާޑުގެ ލިމިޓް އިތުރުވާނެ ކަމަށެވެ. ބީއެމްއެލްގެ ނިންމުމާ ގުޅިގެން ކްލެޒިކް ކްރެޑިޓް ކާޑުގެ މިހާރުގެ ލިމިޓް 750 ޑޮލަރުން 1،400 ޑޮލަރަށް އަދި ގޯލްޑް ކްރެޑިޓް ކާޑުގެ މިހާރުގެ ލިމިޓް 750 ޑޮލަރުން 1،500 ޑޮލަރަށް އަދި ޕްލެޓިނަމް ކްރެޑިޓް ކާޑުގެ މިހާރުގެ ލިމިޓް 1،500 ޑޮލަރުން 3،000 ޑޮލަރަށް އިތުރުވާނެ އެވެ. ބީއެމްއެލް އިން ޑެބިޓް ކާޑު ލިމިޓަށް ބަދަލު ގެނެސްފައިވާއިރު ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް މިދިޔަ ނޮވެންބަރު މަހު ބީއެމްއެލް އިން ވަނީ އިތުރުކޮށްފަ އެވެ. އަދި އެއާލައިންތަކުން ޓިކެޓް ގަތުމަށާއި، ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑުން ހޮޓަލަށް ފައިސާ ދެއްކުމާއި، ހަރަދު ކުރާ އަދަދު 3000 ޑޮލަރަށް ވަނީ އިތުރުކޮށްފަ އެވެ. މިއާ