މާލޭ ޕަވާހައުސްގެ އިންޖީން އޯވަހޯލްގެ މަސަައްކަތް ސްޓެލްކޯގެ ވެރިން ބައްލަވާލައްވައިފި

އަވަސް

29 ޖެނުއަރީ 2026 | ބުރާސްފަތި | 2:03

ސްޓެލްކޯގެ އިސްވެރިން މާލޭ ޕަވާހައުސްގެ އިންޖީން އޯވަހޯލްގެ މަސަައްކަތް ބައްލަވާލައްވައިފި އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނި ހިންގެވުމާއި ހަވާލުވެވަޑައިގެން ހުންނެވި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒްވަރާއި ކުންފުނީގެ އިސްވެރިން އިއްޔެ މާލޭ ޕަވާހައުސްއަށް ޒިޔާރަތްކުރައްވާ މިހާރު ކުރިއަށްދާ އިންޖީން އޯވަހޯލްގެ މަސައްކަތް ބައްލަވާލައްވާ މަސައްކަތުގައި ބައިވެރިވާ މުވައްޒަފުންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. ރައްޔިތުންނަށް ދޭ ހިދުމަތުގެ ފެންވަރު އެންމެ ފުރިހަމަ މިންގަނޑުގައި ދެމެހެއްޓުމަށް ކެނޑިނޭޅި ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޖެންސެޓްތަކުގެ މެއިންޓަނަންސް އަދި އޯވަހޯލް މަސައްކަތަކީ ވަރަށް އިސްކަމެއް ދީގެން ކުރެވެމުންދާ މަސައްކަތެއް ކަމަށް ސްޓެލްކޯ އިން ބުނެފައިވެ އެވެ.

މާލެ ސަރަހައްދުގެ އިތުރުން ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ކަރަންޓު ކެޕޭސިޓީ އިތުރުކޮށް ހިދުމަތުގެ ފެންވަރު ފުރިހަމަ މިންގަނޑުގައި ހިފެހެއްޓުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން އިތުރު ޖަނަރޭޓަރު ސެޓް ބެހެއްޓުމުގެ މަސައްކަތް ސްޓެލްކޯއިން ދަނީ ކުރަމުންނެވެ.

މައުޟޫޢުތަށް