އޭއީއެޗްގައި ކެތު ލެބުގެ ޚިދުމަތް ފެށިތާ ދެ ދުވަސް ތެރޭގައި 6 މީހަކަށް ފަރުވާ ދީފި
އަވަސް
29 ޖެނުއަރީ 2026 | ބުރާސްފަތި | 9:10
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި ކެތު ލެބުގެ ޚިދުމަތް ފެށިތާ ދެ ދުވަސް ތެރޭގައި 6 މީހަކަށް ފަރުވާ ދީފި އެވެ.
އޭއީއެޗްއާއި އައިޖީއެމްއެޗްގެ ގުޅިގެން ކެތު ލެބުގެ މަސައްކަތް ކުރާ ގޮތަށް އެ ތަން ހުޅުވާ ޚިދުމަތް ދޭން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ. އައިޖީއެމްއެޗް އިން ބުނީ ހިތުގެ ބަލިތަކާއި އިންޓަވެންޝަނަލް ކާޑިއޮލޮޖީގެ ޚާއްސަ ސްޕެޝަލިސްޓް ޓީމެއް ކޮންމެ ދެ ހަފްތާއަކުން އެއް ފަހަރު އައްޑޫ ސިޓީއަށް ޒިޔާރަތްކޮށް ޚިދުމަތް ދޭނެ ކަމަށެވެ. އޭއީއެޗްގެ ކެތު ލެބުގެ ޚިދުމަތް އެންމެ ފުރިހަމައަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިމަކީ އިސްކަންދޭ ކަމެއް ކަމަށްވެސް އައިޖީއެމްއެޗް އިން ބުންޏެވެ. އައްޑޫ ސިޓީގައި ކެތު ލެބެއް ހެދުމުގެ މަސައްކަތް ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައެވެ. އަދި 2023 ވަނަ އަހަރުގެ ތެރޭގައި ލެބުގެ މަސައްކަތް ނިންމި ނަމަވެސް ޚިދުމަތް ފެށުން މިވަނީ ވަރަށް ބޮޑަށް ލަސްވެފަ އެވެ.