އެފްއައިޔޫގެ ވެރިޔާ ސާޖިދު މަގާމުން ވަކިކޮށްފި

އަވަސް

29 ޖެނުއަރީ 2026 | ބުރާސްފަތި | 4:32

ޖިންސީ ފުރައްސާކުރި ކަމަށް ސާބިތުވުމާ ގުޅިގެން އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ވެރިޔަކަށް ހުންނެވި އިސްމާއިލް ސާޖިދު މަގާމުން ވަކިކޮށްފި އެވެ.

ސާޖިދަށް ކުރެވުނު ތުހުމަތާ ގުޅިގެން މިދިޔަ ޑިސެމްބަރު 30 ވަނަ ދުވަހުން ފެށިގެން އޭނާ ހުރީ މަގާމުން ސަސްޕެންޑްކޮށްފަ އެވެ. މިއަދުގެ ވަގުތެއްގައި ސާޖިދު މަގާމުން ވަކިކުރީ އެމްއެމްއޭގައި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޓީއަށް މައްސަލަ ސާބިތުވެ ސާޖިދު މަގާމުން ވަކިކުރަން އެ ކޮމިޓީން ލަފާ ދިނުމުންނެވެ. އެފްއައިޔޫގެ ވެރިޔަކަށް ސާޖިދު އައްޔަންކުރީ މިދިޔަ އަހަރުގެ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އެފްއައިޔޫގެ ވެރިޔަކަށް އައްޔަންކުރުމުގެ ކުރިން ސާޖިދު ވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މެންބަރުކަން ކުރައްވާފަ އެވެ.

މައުޟޫޢުތަށް