އަލިފާނުގެ ހާދިސާގައި ހިޔާ ޓަވަރުގެ ފާހާނާ ހޮޅިއަށް ގެއްލުންވެއްޖެ
އަވަސް
31 ޖެނުއަރީ 2026 | ހޮނިހިރު | 3:53
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 5 ގައި ހިނގި އަލިފާނުގެ ހާދިސާގައި މައި ފާހާނާ ހޮޅިއަށް ގެއްލުން ލިބިއްޖެ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި މައި ފާހާނާ ހޮޅިއަށް ގެއްލުން ލިބިފައިވާތީ، ބައެއް އެޕާޓްމަންޓްތަކުގެ ފާހާނާ ބޭނުން ނުކުރެވޭ ކަމަށް އިންސިޑެންޓް ކޮމާންޑަރު މައުލޫމާތު ދެއްވާފައިވާ ކަމަށެވެ. މިހާދިސާގައި ލިބުނު ގެއްލުންތައް ދެނެގަތުމާއި މަރާމާތު ކުރުމުގެ މަސައްކަތް އެމްއެންޑީއެފް އާއި ފުލުހުންނާއި އެޗްޑީސީ އާއި އެމްޑަބްލިޔުއެސްސީ އާއި ސްޓެލްކޯ ގުޅިގެން ކުރަމުންދާ ކަމަށްވެސް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ. ހާދިސާގެ ވީޑިއޯތަކުން ފެންނަ ގޮތުގައި ދުން އަރަމުން ދިޔައީ ހިޔާ ޓަވަރު 5 ގެ އެންމެ މަތިންނެވެ.