މަސް ކިރުވި އަދަދު އިތުރުވެއްޖެ
އަވަސް
31 ޖެނުއަރީ 2026 | ހޮނިހިރު | 4:09
މިދިޔަ އަހަރު މަސް ކުންފުނިތަކަށް މަސް ކިރުވި އަދަދު އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެެމްއޭ) އިން ހާމަކޮށްފި އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު މަސް ކުންފުނިތަކަށް 88،347 މެޓްރިކް ޓަނުގެ މަސް ކިރާފައިވެ އެވެ. މިއީ 2024 ވަނަ އަހަރު މަސް ކުންފުނިތަކަށް ކިރުވި 53،232 މެޓްރިކް ޓަނުގެ މަހާ އަޅާބަލާއިރު 35،115 މެޓްރިކް ޓަނު -- 65.9 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރު އެންމެ ގިނައިން ކިރާފައިވަނީ ކަޅުބިލަ މަހެވެ. އެ ގޮތުން 72،878 މެޓްރިކް ޓަނުގެ ކަޅުބިލަ މަސް ކިރާފައިވެ އެވެ. މީގެ އިތުރުން 14،950 މެޓްރިކް ޓަނުގެ ރީނދޫ އުރަހަ ކަންނެލި ކިރާފައިވެ އެވެ.