ހިޔާ ޓަވަރު އަލިފާނުގެ ހާދިސާ: 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

އަވަސް

31 ޖެނުއަރީ 2026 | ހޮނިހިރު | 3:52

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރު 5ގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 85 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ އަލިފާނުގެ ހާދިސާގައި 5 ވަނަ ޓަވަރުގެ 38 އެޕާޓްމަންޓުގެ ނަރުދަމާ ހޮޅިތަކަށް ވަނީ ގެއްލުންވެފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް އެހީތެރިކަން ބޭނުންވެގެން ރިޕޯޓުކޮށްފައިވާ 18 އެޕާޓްމަންޓްގައި ދިރިއުޅޭ 85 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސުމަށާއި ކެއުން ބުއިމަށް އެހީ ފޯރުކޮށްދީފައިވާ ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެ އެވެ. މި ހާދިސާއަށް ފަހު ނަރުދަމާއަށް ލިބުނު ގެއްލުން ދެނެގަނެ ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް އެޗްޑީސީއިން ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން ބުންޏެވެ. އެންޑީއެމްއޭ އިން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން އެ އޮތޯރިޓީ އާއި އެޗްޑީސީއިން ބަލަމުންދާ ކަމަށެވެ. މި ހާދިސާއާއި ގުޅިގެން އެހީތެރިކަމެއް ބޭނުންވާ ނަމަ އެންޑީއެމްއޭގެ އެމެޖެންސީ ހޮޓްލައިން 115 އަށް ގުޅުމަށް އެ އޮތޯރިޓީން ވަނީ އެދިފަ އެވެ.

މައުޟޫޢުތަށް