ހުޅުމާލޭ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާ: 21 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

އަވަސް

1 ފެބްރުއަރީ 2026 | އާދިއްތަ | 10:17

ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.

އަލިފާނުގެ ހާދިސާ ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ޗަނބޭލީ ގޯޅީގައި ހަ ފަންގިފިލާއަށް ހަދާފައި ހުރި އިމާރާތެއްގެ ތިރީގައި ހުރި ގުދަނެއްގަ އެވެ، މި ހާދިސާގައި އެ އިމާރާތުގެ ކަރަންޓް ޕެނެލް ހަލާކުވުމުގެ ސަބަބުން ވަނީ މުޅި އިމާރާތުން ކަރަންޓް ކެނޑިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވެ އެވެ. އެންޑީއެމްއޭ އިން ބުނީ އަލިފާން ރޯވި އިމާރާތުގެ ދެ އެޕާޓްމަންޓަކުން 21 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ ކަމަށެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި އަލިފާނުގެ މި ހާދިސާގެ މައުލޫމާތު މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނަށް ލިބުނީ ރޭ 3:30 ހާއިރު އެވެ. ފަޔަ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ރޭ 03:40 ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މައުޟޫޢުތަށް