ވިލިމާލޭގެ ކަރަންޓުގެ ހިދުމަތް ފުޅާކުރަން މަޝްވަރާކޮށްފި

އަވަސް

1 ފެބްރުއަރީ 2026 | އާދިއްތަ | 10:58

ސްޓެލްކޯ ހިންގެވުމާއި ހަވާލުވެ ވަޑައިގެން ހުންނެވި ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަތު ޑރ. އަލީ އަޒްވަރާއި ކުންފުނީގެ ބައެއް އިސްވެރިން ކ. ވިލިމާލެއަށް ޒިޔާރަތްކުރައްވާ އެ ރަށުގައި ކަރަންޓުގެ ހިދުމަތް ދެމުންދާ ގޮތް ބައްލަވާލައްވައިފި އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ އިސްވެރިން ވިލިމާލެއަށް ޒިޔާރަތްކުރައްވާ އެ ރަށުގައި ކަރަންޓުގެ ހިދުމަތް ދެމުންދާ ގޮތް ބައްލަވާލައްވާ ރަށުގައި ތިބި ސްޓެލްކޯގެ މުވައްޒަފުންނާއި ބައްދަލު ކުރައްވާފައިވާ ކަމަށެވެ. މި ބައްދަލު ކުރެއްވުމުގައި ވިލިމާލެއަށް އަންނަމުންދާ ތަރައްގީއާއެކު ކަރަންޓަށް އޮތް ޑިމާންޑް ބޮޑުވަމުންދާނެތީ ޚިދުމަތް އިތުރަށް ފުޅާކުރުމާއި އަދި އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ އެވެ. މީގެ އިތުރުން ސަރުކާރުގެ ކޫލް ސްކޫލް މަޝްރޫޢުގެ ދަށުން ވިލިމާލޭ މުޙްޔިއްދީން ސްކޫލްގައި ސްޓޭލްކޯގެ މުވައްޒަފުން ކުރަމުންދާ މަސައްކަތްވެސް ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރާއި އިސްވެރިން ވަނީ ބައްލަވާލައްވާފަ އެވެ. ސްޓެލްކޯގެ އިސްވެރިން ވަނީ ކ. ތިލަފުއްޓާއި ގުޅީފަޅުގައި ކަރަންޓުގެ ހިދުމަތް ދެމުންދާ ގޮތްވެސް ބައްލަވާލައްވާފަ އެވެ.

މައުޟޫޢުތަށް