ރާއްޖެ އޮތީ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް ބަނދެވިފައި: ނަޝީދު

އަވަސް

1 ފެބްރުއަރީ 2026 | އާދިއްތަ | 6:33

ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް "ބަނދެވިފައިވާ" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ދަރަނި ނަގައިގެން ދައްކަނީ ކުރީގެ ދަރަނި ކަމަށެވެ. "ދިވެހި ދައުލަތުގެ ދަރަނީގެ މައްސަލައަކީ އަދުގެ ސަރުކާރަށް އެކަނި ހައްލު ހޯދޭނެ ބާވަތުގެ ކަމެއް ނޫން. އެއީ މިހާރު ގައުމީ މައްސަލައެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ވިދާޅުވީ ދިވެހިންނަށް އަނބުރާ ދެއްކުން ނުކުޅަދާނަ މިންވަރުގެ ބޮޑު އިންޓްރެސްޓްގައި ދަރަނި ނަގާ، އެ ފައިސާއިން ކުރާ ހަމައެކަނި ކަމަކީ ކުރީގެ ދަރަނި ދެއްކުން ކަމަށްވީމަ، ރާއްޖެ ދަރަނީގެ ދަންތުރައެއްގައި ރަނގަޅަށް "ބަނދެވިފައިވާކަން" ސާފު ކަމަށެވެ. ރައީސް ނަޝީދު މިހެން ވިދާޅުވިއިރު މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގެ ނިޔަލަށް ދައުލަތުގެ ދަރަނި ވަނީ 148 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އަދި ކުރިއަށް އޮތް އެޕްރީލް މަހު 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކަން ޖެހެ އެވެ. ރާއްޖޭގެ ދަރަނި ބޮޑުވެ ދަރަނި ދެއްކޭނެ ކަމުގެ ޝައްކުތައް ހުރުމާ ގުޅިގެން ރާއްޖޭގައި ހިންގާ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް މިވަގުތަށް މަޑުޖައްސާލުމަށްވެސް ބައިނަލްއަގްވާމީ މާލީ އިދާރާތަކުންވެސް ދަނީ ސަރުކާރަށް ލަފާ ދެމުންނެވެ.

މައުޟޫޢުތަށް