ބަލޫޗިސްތާނަށް ދިން ހަމަލާތައް ރާއްޖެއިން ކުށްވެރިކޮށްފި

އަވަސް

2 ފެބްރުއަރީ 2026 | ހޯމަ | 10:04

ޕާކިސްތާނުގެ ބަލޫޗިސްތާނަށް މިދިޔަ ހޮނިހިރު ދުވަހު ދިން ޓެރަރިސްޓް ހަމަލާތަކުގައި ބަޔަކު މަރުވެފައިވާތީ ރާއްޖެއިން އެ ހަމަލާ ކުށްވެރިކޮށްފި އެވެ.

ބަލޫޗިސްތާނުގެ އެކި ސަރައްދުތަކުގައި އެއްވަގުތެއްގައި ދިން ހަމަލާތަކުގައި ފުލުހުންގެ 8 އޮފިސަރަކު މަރާލާފައިވެ އެވެ. ޕާކިސްތާނުގެ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ބަލޫޗިސްތާނު ލިބަރޭޝަން އާމީ (ބީއެލްއޭ)އިން ވަނީ އުފުލާފަ އެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ބަލޫޗިސްތާންގައި ދިން ޓެރަރިސްޓް ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ޓެރަރިސްޓް ހަމަލާތަކާއި ހައްދުފަހަނައެޅި ޚިޔާލުތަކާއި ތަފާތު އެކި ކުށްތަކާ ދެކޮޅަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަންވެސް ދީފައިވެ އެވެ. ބަޔާނުގައި ވަނީ ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާވެސް ފޮނުވާފައެވެ. ދިވެހިރާއްޖެ އޮތީ ޕާކިސްތާނާއި އެ ގައުމުގެ ރައްޔިތުންނާއެކުގައި ކަމަށްވެސް ބަޔާނުގައިވެ އެވެ.

މައުޟޫޢުތަށް