100 ރުފިޔާގެ ނޫޓުގެ އާ ސްޓޮކެއް ގެނެސްފި
އަވަސް
2 ފެބްރުއަރީ 2026 | ހޯމަ | 3:37
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުން އާ ސްޓޮކެއް ގެނެސްފި އެވެ.
އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީން ނެރެފައިވާ ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ނޫޓުތަކުގެ ތެރެއިން 100 ރުފިޔާގެ ނޫޓުގެ ސްޓޮކް މަދުވުމުގެ ސަބަބުން މިއަދު އައު ސްޓޮކެއް ގެނެސްފައިވާ ކަމަށެވެ. ސްޓޮކް މަދުވުމުގެ ސަބަބުން މިދިޔަ އަހަރުވެސް 100 ރުފިޔާގެ ނޫޓު ގެނެސްފައިވެ އެވެ. ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ދިމާކޮށް ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބާޒާރަށް ނެރުނު ދިވެހި ފައިސާ "ރަން ދިހަ ފަހެއް"ގެ ނޫޓު ސީރީޒްގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1،000 ރުފިޔާ އެވެ.