ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ހުޅުވާލައިފި

އަވަސް

2 ފެބްރުއަރީ 2026 | ހޯމަ | 6:38

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު އިނާޒު އިއްޔެ އިސްތިއުފާ ދެއްވުމުންނެވެ. ޕެންޝަން އޮފީހުން ބުނީ ޗެއާޕާސަން ހޮވުމުގެ ކަންކަން ކުރިއަށްގެން ދިއުމަށް ގާނޫނުގައިވާ ގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން މި މަގާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ތިން ނަން ޝޯޓްލިސްޓްކޮށް ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުތު ހަމަވާކަން ޔަޤީން ކުރެވޭނެ ކަމަށެވެ. ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިިއްޔާ އެވެ.

މީގެ އިތުރުން ޕެންޝަނާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ކަންކަމަށް ރިއާޔަތް ކުރެވޭނެ ކަމަށް ޕެންޝަން އޮފީހުން ބުނެފައިވެ އެވެ. ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 16 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފަ އެވެ. ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ މަގާމުން އަހުމަދު އިނާޒު އިސްތިއުފާ ދެއްވާ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިނާޒު އިއްޔެ ވިދާޅުވީ 2.4 ބިލިއަން ރުފިޔާގެ ބޮންޑަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ފައިސާ ހޯދުމަކީ އިގުތިސާދަށް ގެއްލުން ބޮޑު ނިންމުމެއް ކަމަށެވެ.

މައުޟޫޢުތަށް