އޭލެވެލް މޭ/ޖޫން އިމްތިހާނު އަލުން ފަށަނީ

އަވަސް

2 ފެބްރުއަރީ 2026 | ހޯމަ | 6:52

އޭލެވެލް އެޑެކްސެލް މޭ/ޖޫން އިމްތިހާނު އަލުން ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އަމިއްލަ ގޮތުން އޭލެވެލް އެޑެކްސެލްގެ މާއްދާތައް ހަދަން ބޭނުންވާ ކެންޑިޑޭޓުންނަށް މި އަހަރުން ފެށިގެން އޭލެވެލް އެޑެކްސެލް މޭ/ޖޫން ސީރީސް ރާއްޖޭގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި މެއި/ޖޫން އިމްތިހާނު ބޭއްވުން ހުއްޓާލުމާ ގުޅިގެން އެ އިމްތިހާނު ހަދަން ބޭނުންވާ ކެންޑިޑޭޓުން ރާއްޖެއިން ބޭރަށް ދަތުރު ކުރުމާއި ހުރުމުގެ ހަރަދަށް ބޮޑު ހޭދައެއް ކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އޭލެވެލް އެޑެކްސެލް މެއި/ޖޫން ސީރީސް އަލުން ފެށި ނަމަވެސް ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންގެ އޭލެވެލް އިމްތިހާނު އޮންނާނީ މިހާރެކޭވެސް އެއްގޮތަށް އޮކްޓޫބަރު/ނޮވެމްބަރު މަހުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މައުޟޫޢުތަށް