މޯލްޑިވިއަނަށް އޭޓީއާރް މަރުކާގެ ދެ މަތިންދާބޯޓު ގެންނަނީ
އަވަސް
3 ފެބްރުއަރީ 2026 | އަންގާރަ | 8:00
ގައުމީ އެއާލައިން -- މޯލްޑިވިއަނަށް އޭޓީއާރް މަރުކާގެ ދެ މަތިންދާބޯޓު ފައިނޭންސް ލީސް ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް ލިމިޓެޑް (އައިއޭއެސްއެލް) އިން ހޯދަން އިއުލާނުކުރީ އޭޓީއާރް42-600 މަރުކާގެ އާ ދެ ބޯޓެވެ. މި ދެ ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު މި އަހަރުގެ އޮގަސްޓް މަހު ފޯރުކޮށްދޭން ޖެހޭއިރު ދެވަނަ ބޯޓު އޮކްޓޫބަރު 2027 އަށް ފޯރުކޮށްދޭން ޖެހެ އެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ ރޭ 11:59 އަށް ޕްރޮޕޯސަލް ހުށަހަޅަންޖެހެ އެވެ. މޯލްޑިވިއަންގައި މިހާރުވެސް އޭޓީއާރް42 މަރުކާގެ ތިން ފްލައިޓާއި އޭޓީއާރް72 މަރުކާގެ ދެ ފްލައިޓް އޮވެ އެވެ.