މިދިޔަ އަހަރު ޓޫރިޒަމް ބެޑްނައިޓްސް އިތުރު
އަވަސް
3 ފެބްރުއަރީ 2026 | އަންގާރަ | 8:43
ފާއިތުވި 2025 ވަނަ އަހަރު ޓޫރިޒަމް ބެޑްނައިޓްސް -- ފަތުރުވެރިން ހޭދަކުރި ރޭގެ އަދަދު އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން 2025 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 10 ޕަސެންޓް އިތުރުވެ ޖުމްލަ ބެޑް ނައިޓްސް ވަނީ ދެ ޕަސެންޓް އިތުރުވެފަ އެވެ. ޖުމްލަ ބެޑް ނައިޓްސް އިތުރުވި ނަމަވެސް 2024 ވަނަ އަހަރާ އަޅާބަލާއިރު ފާއިތުވި 2025 ވަނަ އަހަރު ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި މުއްދަތު ވަނީ ދަށަށް ގޮސްފަ އެވެ. 2024 ވަނަ އަހަރު ފަތުރުވެރިން އެވަރެޖްކޮށް 7.4 ދުވަސް ހޭދަކުރި ނަމަވެސް 2025 ވަނަ އަހަރު އެ އަދަދު ވަނީ 7 ދުވަހަށް ދަށްވެފަ އެވެ. އަހަރުން އަހަރަށް ބަލާއިރު ފަތުރުވެރިކަމަށް ހުރި އެނދުގެ އަދަދު ޑިސެމްބަރު 2025 ގައި އިތުރުވި އެވެ. އެ ގޮތުން 4،139 އެނދު އިތުރުވި އެވެ. ނަަމަވެސް ޑިސެމްބަރު 2024 އާ އަޅާބަލާއިރު ޑިސެމްބަރު 2025 ގައި އޮކިއުޕެންސީ ވަނީ 66 ޕަސެންޓުން 62 ޕަސެންޓަށް ދަށްވެފަ އެވެ.