އެމްޑަބްލިޔުއެސްސީއިން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް ހިންގައިފި

އަވަސް

3 ފެބްރުއަރީ 2026 | އަންގާރަ | 6:33

އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންގެ ފަރާތުން މޯލްޑިވްސް ބްލަޑް ސާވިސްއަށް ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް މިއަދު ހިންގައިފި އެވެ.

މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ މިވަގުތު ރާއްޖޭގައި ލޭ ލިބުމަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމަށް މޯލްޑިވްސް ބްލަޑް ސާވިސްއިން މިހާރު އިއުލާނުކޮށްފައިވާ ލޭގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ބޭނުންވާ ލޭ ލިބުމުގެ ދަތިކަމަށް އެހީތެރިކަން ފޯރުވައި ބޭނުންވާ ލޭގެ އެހީ އެމްޑަބްލިޔުއެސްސީގެ ފަރާތުން ފޯރުކޮށްދިނުން ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން ކުންފުނީގެ މުވައްޒަފުންނަށް ލޭ ހަދިޔާ ކުރުމުގެ މުހިންމުކަން އަންގައިދިނުމާއި އެކަމަށް މީހުން ހޭލުންތެރިކުރުވުމަކީވެސް މި ހަރަކާތުގެ މަގުސަދެއް ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެފައިވެ އެވެ.

ކުންފުނީގެ މުވައްޒަފުން ބުރަކޮށް އުޅެމުންވެސް ފަސޭހަ މާހައުލެއްގައި މިފަދަ އިޖުތިމާއީ އަދި ބޭނުންތެރި ހަރަކާތެއްގައި ބައިވެރިވެ ލޭ ހަދިޔާ ކުރުމުގެ ފުރުސަތު މި ހަރަކާތުން ތަނަވަސްވެގެންދިޔަ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުންޏެވެ. އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ސާވިސް އިމާރާތުގައި ކުރިއަށް ގެންދިޔަ މިހަރަކާތުގައި އެ ކުންފުނީގެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފަ އެވެ.

މައުޟޫޢުތަށް