ރޯދަ އިނާޔަތް މިމަހު 12ގައި ދެނީ

އަވަސް

3 ފެބްރުއަރީ 2026 | އަންގާރަ | 7:10

ސަރުކާރު އޮފީސްތަކުން މި އަހަރުގެ ރޯދަ މަހުގެ އިނާޔަތު ފައިސާ މިމަހުގެ 12 ވަނަ ދުވަހު ދިނުމަށް ނިންމައިފި އެވެ.

ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭން ޖެހެ އެވެ. ފިނޭންސްގެ ސާކިއުލާގައި ބުނީ ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ރޯދަ މަހުގެ އިނާޔަތް ދޭނީ އެ މީހެއްގެ އަސާސީ ވަަޒީފާ އޮންނަ އޮފީހުން ކަމަށެވެ. އަދި ރޯދަމަސް ފެށޭއިރު ޕޭ ލީވް އާއި ނޯޕޭ ލީވްގައި ތިބި މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދޭން އަންގާފައިވެ އެވެ. ރޯދަމަސް ފެށޭއިރު ޕޭ ލީވް އާއި ނޯޕޭ ލީވްގައި ތިބި މުވައްޒަފުންނަށް ރޯދަ އިނާޔަތް ނުދޭން އަންގާފައިވާއިރު އެފަދަ މުވައްޒަފުން ރޯދަ މަހު ވަޒީފާއަށް ނިކުމެއްޖެނަމަ އެ ދުވަހަކުން ފެށިގެން ރޯދަ މަހުގެ އިނާޔަތް ހިސާބު ހެދުމަށްފަހު ބާކީވާ މުއްދަތަށް އިނާޔަތް ދޭން ސާކިއުލާގައި އަންގާފައިވެ އެވެ. މީގެ އިތުރުން އިނާޔަތު ފައިސާ މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ޕަބްލިކް އެކައުންޓިން ސިސްޓަށް އަޕްލޯޑްކޮށް ޕޯސްޓް ކުރުމަށްވެސް ސަރުކާރު އޮފީސްތަކަށް ފިނޭންސްގެ ސާކިއުލާގައި އަންގާފައިވެ އެވެ.

މައުޟޫޢުތަށް